ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތު
އެދުރުމީ ޕޯޓަލް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކުރުން
އަޅުގަނޑުމެން އެއްކުރާ މަޢުލޫމާތު
އެދުރުމީ ޕޯޓަލްގައި ރަޖިސްޓްރީވާއިރު، ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތިރީގައިވާ މަޢުލޫމާތުތައް އަޅުގަނޑުމެން އެއްކުރަމެވެ:
- ފުރިހަމަ ނަން އަދި އައިޑީ ކާޑު ނަންބަރު
- އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު
- އުފަން ތާރީޚް އަދި ޖިންސު
- ދާއިމީ އެޑްރެސް އަދި މިހާރު އުޅޭ އެޑްރެސް
- 16 އަހަރުން ދަށުގެ ކުދިންނަށް، ބެލެނިވެރިޔާގެ މަޢުލޫމާތު
މަޢުލޫމާތު ބޭނުންކުރާ ގޮތް
ތިޔަބޭފުޅުންގެ މަޢުލޫމާތު ބޭނުންކުރެވެނީ ތިރީގައިވާ ކަންކަމަށެވެ:
- ކުލާސްތަކަށް އެންރޯލްކޮށް، ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް.
- ދަރިވަރުގެ ކުރިއެރުން ވަޒަންކޮށް، ރިޕޯޓް ތައްޔާރުކުރުމަށް.
- ބިލިންގް އަދި ފީތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް.
- ސިސްޓަމްގެ މުހިންމު އެންގުންތައް ފޯރުކޮށްދިނުމަށް.
މަޢުލޫމާތު ރައްކާތެރިކުރުން
އަޅުގަނޑުމެން ތިޔަބޭފުޅުންގެ މަޢުލޫމާތު ރައްކާތެރިކުރުމަށް އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކުރަމެވެ. ސިސްޓަމްގައި ހުންނަ މަޢުލޫމާތު ބަލާލެވޭނީ ހަމައެކަނި އެކަމުގެ ހުއްދަ އޮންނަ އެޑްމިނިސްޓްރޭޓަރުންނާއި، ކަމާގުޅޭ މުދައްރިސުންނަށެވެ. އެއްވެސް ޙާލަތެއްގައި ތިޔަބޭފުޅުންގެ ޒާތީ މަޢުލޫމާތު އިޝްތިހާރު ކުރުމަށް ނުވަތަ އެހެން ފަރާތަކަށް ނުވިއްކާނެކަމުގެ ޔަގީންކަން އަރުވަމެވެ.
ސުވާލެއް އޮތްނަމަ
މި ސިޔާސަތާ ގުޅޭގޮތުން ނުވަތަ ތިޔަބޭފުޅުންގެ މަޢުލޫމާތު ބޭނުންކުރާ ގޮތާ ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ އެޑްމިންއާ ގުޅުއްވާށެވެ.
އީމެއިލް: edhurumv@gmail.com
ފޯނު: 9888618