ޚިދުމަތް ބޭނުންކުރުމުގެ އުޞޫލުތައް
އެދުރުމީ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދާއިރު އެއްބަސްވާ އުޞޫލުތައް
1. ރަޖިސްޓްރޭޝަން އަދި އެކައުންޓް
- ޕޯޓަލްގައި ރަޖިސްޓްރީވާއިރު ދޭންވާނީ ތެދު އަދި ޞައްޙަ މަޢުލޫމާތެވެ.
- 16 އަހަރުން ދަށުގެ ކުދިން ރަޖިސްޓްރީވާންވާނީ ބެލެނިވެރިއެއްގެ ބެލުމުގެ ދަށުންނެވެ.
- ލޮގިން މަޢުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.
2. ކިޔެވުމާއި ޙާޟިރީ
- ކަނޑައެޅިފައިވާ ގަޑިއަށް ކުލާސްތަކަށް ޙާޟިރުވާންވާނެއެވެ.
- އޮންލައިން ކުލާސްތަކުގައި ބައިވެރިވާއިރު އެކަށީގެންވާ އަދަބުވެރި މާޙައުލެއްގައި ހުރުމަށް ސަމާލުކަން ދޭންވާނެއެވެ.
- މުދައްރިސުން ދޭ ފިލާވަޅުތަކާއި ޓާސްކުތައް ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމަންވާނެއެވެ.
- ކުލާސް ރެކޯޑިންގްތަކަކީ ހަމައެކަނި ދަރިވަރުގެ އަމިއްލަ ބޭނުމަށް ދެވޭ އެއްޗެކެވެ. އެހެން ފަރާތްތަކަށް ހިއްސާކުރުން މަނަލެވެ.
3. ފީ ދެއްކުމާއި ވަކިވުން
- ކުލާސްތަކުގެ މަހު ފީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ.
- ކުލާހަކުން ވަކިވާން ބޭނުންނަމަ، މަދުވެގެން 7 ދުވަސް ކުރިން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވަންވާނެއެވެ.
- ދައްކާފައިވާ ފީއެއް އަނބުރާ ރިފަންޑް ކޮށްދެވޭނީ ހަމައެކަނި ސިސްޓަމްގެ މައްސަލައަކުން ކުލާސް ކުރިއަށް ނުގެންދެވޭ ޙާލަތްތަކުގައެވެ.
4. މަނާ ކަންތައްތައް
ތިރީގައިވާ ކަންތައްތަކަކީ އެދުރުމީ ޕޯޓަލްގައި ހަރުކަށިކޮށް މަނާކުރެވިފައިވާ ކަންތައްތަކެވެ:
- ޕޯޓަލްގައިވާ ކިޔަވައިދޭ މާއްދާތަކާއި ރެކޯޑިންގްތައް ހުއްދައާ ނުލައި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން.
- އެހެން ދަރިވަރުންނަށް ނުވަތަ މުދައްރިސުންނަށް އުނދަގޫވާނެ ފަދަ ޢަމަލެއް ކުރުން.
- ސިސްޓަމްގެ ސެކިއުރިޓީއަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް ކުރުން.
ސުވާލެއް އޮތްނަމަ
މި އުޞޫލުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުނަމަ އެޑްމިންއާ ގުޅުއްވާށެވެ.
އީމެއިލް: edhurumv@gmail.com
ފޯނު: 9888618